ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯ, މަގާމުން ވަކިކޮށްފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

އޭނާ މަގާމުން ވަކިކުރައްވާފައިވަނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވަމުންދާ ވަގުތެއްގައެވެ. އެހެންނަމަވެސް އޭނާއާ ދެކޮޅަށް މިފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި މިފަދަ މައްސަލައެއް ބަލަމުން ވެސް ނުދާކަމަށް ބުނެ ޕެންޝަން އޮފީހުން ގެންދަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޖޯން ގްރިންޑަލް އާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުން 12 އޮކްޓޫބަރުގައި ބާތިލްކޮށްފައިވާ ކަމަށެވެ.

ޕެންޝަން ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޖޯން ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޖޯން ގްރިންޑަލް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މީގެ ކުރިން އޭނަ ވަނީ މަލްޓާ ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ލޮއިޑްސް ބޭންކިން ގްރޫޕުގެ ސީނިއަރ އެކްޗުއަރީގެ މަގާމު ފުރުއްވުމުގެ އިތުރުން، ކޮމްޕްރޭ ގްރޫޕް މަލްޓާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވާފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކުރައްވާފައިވަނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *