އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދެއް ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށް ފުލުހުންނާ ބައްދަލުކޮށްފިއެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ 24 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި 2019 އިން 2024 އަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދު ކުރި އެ ޒިޔާރަތަކީ ތަޖުރިބާ ދަތުރެއްގައި ދިވެހިރާއްޖެއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަަތަށްކުރި ޒިޔާރަތެކެވެ.

