ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާތީ އިޔާޒު ފާޑު ވިދާޅުވެއްޖެ

ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާތީ އިޔާޒު ފާޑު ވިދާޅުވެއްޖެ

މާދަމާ ރޭ އިންޑިއާ ރާއްޖެ ކުޅޭމެޗްއިން ރާއްޖެ ކުރި ހޯދައިފިނަމަ ފައިނަލް މެޗާއި ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތް މިނިސްޓްރީން ނިންމި ނިންމުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފް ފާޑު ވިދާޅުވެއްޖެ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާގެ މެޗުގެ ފޯރި ނަގާލައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ގެންދަން ވަނީ ރާވާފައެވެ. އަދި މާދަމާގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ އޮންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، އިޔާޒު ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ބޭކާރު ގޮތުގަ ފައިސާކޮޅު މުންކަރާތް ތަކުގައި ބޭސނުންކޮށް ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންތައް ކޮށްގެން ނުވާނެ ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.

"ނިއުމަތެއް ދެއްވީމާ ޝުކުރުވެރިވުމުގެ ބަދަލުގައި މާތްﷲ އަށް އުރެދުންވާ ކަންތައްތަކުން ދުރުހެލިވާންޖެހޭ" އިޔާޒު ވިދާޅުވި އެވެ.

ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާތީ އެކަމާ ދެކޮޅު ހަދަމުންދާ ރައްޔިތުން އަންނަނީ މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަށް ކުރާ ކަމެއް ކަމަށް ބުނަމުންނެވެ. އަދި ޒުވާނުން މާލޭ މަގުމަތީ ވަންނާނެ ތަނެއް ނެތި އުޅޭއިރު އަދިވެސް މިއުޒިކް ޝޯ ބޭއްވުން މާ މުހިއްމުތޯ ވެސް ބައެއް އާންމުން ވަނީ މިނިސްޓަރު މަހުލޫފާއި ސުވާލުކޮށްފައެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.

މާދަމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނެ އެވެ. މާދަމާގެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *