ފޭމް ޓްރިޕެއްގައި ބެލްޖިއަމްގެ ނޫސްވެެރިން ރާއްޖެއަށް

ފޭމް ޓްރިޕެއްގައި ބެލްޖިއަމްގެ ނޫސްވެެރިން ރާއްޖެއަށް

ބެލްޖިއަމްގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް އަތުވެއްޖެއެވެ. ބެލްޖިއަމްގެ ނޫސްވެރިންގެ ޓީމުގެ މިދަތުރަކީ ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެއަށްކުރާ ދަތުރެކެވެ. ރާއްޖެއިން ލިބެންހުރި ތަފާތުއެކި ޚިދުމަތްތައް ތަޖުރިބާކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ބެލްޖިއަމްގެ ނޫސްވެރިންގެ މި ޓީމުގައި ބެލްޖިއަމްގެ މަޤުބޫލު މަޖައްލާތަކުގެ މެންބަރުންވެސް ހިމެނެއެވެ.

މިމަހުގެ 18އިގެ ނިއަލަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖެ އައީ ބެލްޖިއަމްގެ ޕްލަސް މެގަޒިން، އެލް މެގަޒިން ބެލްޖިއަމް، މެޓްރޯ ބެލްޖިއަމް، ޕީލިން ގައެލް އަދި ސަޑްޕްރެސްގެ ޖާނަލިސްޓުންނެވެ.

މި މަޖައްލާތަކަކީ ބެލްޖިއަމްގައި ވަރަށް މަޤުބޫލު މަޖައްލާތަކެކެވެ. އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި، އަދަދުތައް ޝާއިޢުކުރާ މި މި މަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން، މިމަޖައްލާތަކުގެ ޖާނަލިސްޓުންގެ ބައިވެރިވުމާއެކު އިންތިޒާމްކޮށްފައިވާ މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރަކީ ބެލްޖިއަމް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ދަތުރުގެ ސަބަބުން ބެލްޖިއަމް މާކެޓުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ހިއްސާކުރެވޭނެއެވެ.

މިއީ ބެލްޖިއަމް މާކެޓަށް އަމާޒުކޮށް ރާއްޖެއިން މި އަހަރު ބާއްވާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރު މިހާތަނަށްވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ރޯޑްޝޯ، ވެބިނާ އަދި ފެއަރތައް ހިމެނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *