ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުއަށް އަމާޒުކޮށް މޭ 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނި ތިން ދުވަހަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ތިން ދުވަސް ފަހުން އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *