ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާ ގުޅިގެން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހާ ހަމައަށް އުތުރާ މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އާއްމުކޮށް 10މޭލާއި 23މޭލާއި ދެމެދުގައި ވައި ޖެހޭނެކަމަށް ލަފާކުރި ނަމަވެސް، ވިލާގަނޑުގައި 20 މޭލާއި، 40 މޭލާއި ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން އުޅޭނީ 4ފޫޓާ 7ފޫޓާ ދެމެދުގައެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާ، ރައްކާތެރިކަމުގެ ފިޔަޅުތަކާއެކު ދަތުރަށް ނިކުތުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *