އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

މިނިމަމް ވޭޖާ ގުޅޭގޮތުން ދިން ލަފާ ދިރާސާ ކުރަން ފަށައިފިން: އިކްނޮމިކް މިނިސްޓްރީ

މިނިމަމް ވޭޖާ ގުޅޭގޮތުން ދިން ލަފާ ދިރާސާ ކުރަން ފަށައިފިން: އިކްނޮމިކް މިނިސްޓްރީ

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ދީފައިވާ ލަފާ ދިރާސާ ކުރަމުންދާ ކަމަށް އިކްނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ޤާނޫނުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވާ ގޮތް:

* ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިޞްބަތުން، (ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން)، މަހެއްގެ މައްޗަށް -/5,000 ރުފިޔާ

* ޕްރައިވެޓް ސެކްޓަރގައި، މެދު ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިޞްބަތުން، (ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް
ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން)، މަހެއްގެ މައްޗަށް -/7,000 ރުފިޔާގެ

* ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ
ނިސްބަތުން، (ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން
މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން) މަހެއްގެ މައްޗަށް -/8,900 ރުފިޔާގެ

* ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް -/7,000 ރުފިޔާ، ނުވަތަ 6
ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ.

މިނިމަމް ވޭޖް ބޯޑުން ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ ފަހުން ލަފާ ދޭނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *