އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ %87 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތް ކުރަމުންދާ ސަރުކާރު ކުންފުނި އެމްޓީސީސީން ބުނީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތާރު އަޅާ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *