ރާއްޖެއަށް އިންޑޯ ކްރިކެޓް ތައާރަފުކޮށްފި

ރާއްޖެއަށް އިންޑޯ ކްރިކެޓް ތައާރަފުކޮށްފި

މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި ޕްލެޔާސް ލައުންޖާއި "ހިތާރޫހުން ކުޅޭށެ ކުރިކެޓް" ލޯގޯ އަދި އިންޑޯ ކުރިކެޓް ހޯލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިފްތިތާހު ކޮށްދެއްވައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގައި މިއަދު ރައީސް ވަނީ ޕްލެޔާސް ލައުންޖު ހުޅުވައިދެއްވައި އެތަން ބައްލަވައިލައްވައިފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑަރު އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްލެޔާސް ލައުންޖަކީ ރާއްޖޭގެ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން "ޖަލީލް މާލަމް" ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހުކުރުމުގެ ގޮތުން މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗްގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ކުޅުއްވީ "ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. އަދި ނައިބު ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ.

ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަން ކަމުގައި ކުޅުނު ޓީމުންނެވެ. އެ ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސްގެ ކެޕްޓަން ކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *