އިންޑިއާ ވިސާ ލިބުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފި

އިންޑިއާ ވިސާ ލިބުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފި

އިންޑިއާ އަށް ބޭސްފަރުވާއަށް ދާން ބޭނުންވާ މީހުންނަށް ވިސާ ލިބުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭސްފަރުވާ އަށް އިންޑިއާ އަށް ދިޔުމަށް މެޑިކަލް ވިސާ ހޯދުމުގައި ދިވެހިންނަށް ދަތިތައް ކުރިމަތިވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އިންޑިއާ ސަރުކާރާ މިހާރު ވާހަކަދައްކަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ވިސާ ލިބުމުގައި އަވަސް ހައްލެއް މިކަމަށް ލިބިގެންދާނެ ކަމަށެއެވެ. އަދި ކޮވިޑާ އެކު އިންޑިއާ ބަންދުކުރި ނަމަވެސް ބޭސްފަރުވާގެ ކަންކަމުގައި އެގައުމަށް ދިއުމަށް އަންނަނީ ވިސާ ދޫކުރަމުންނެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާއިރު، އެ އަދަދަށް ވިސާ ޖަހައި ނުދެވި ވިސާ ކިއޫ ދިގުވުމުން ބައެއް ދިވެހިން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ވިސާއަށް އެދެން ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަ ޖެހެނީ އޮންލައިންކޮށް ފޯމެއް ފުރިހަމަކުރާށެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނުން މި ފޯމު ހުށަހެޅުމަށް އެދި އެޕޮއިންޓްމެންޓެއް ހައްދަން ޖެހެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ބަލައިގަންނަނީ ވަކި އަދަދެއްގެ ފޯމު ކަމަށްވާއިރު ފޯމު ހުށަނޭޅި، ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ގިނަ ދުވަސްތަކެއް މަޑުކުރަންޖެހިފައިވާ މީހުން ވަރަށް ގިނައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *