މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް މުހައްމަދު ހަމްދޫން އެ މަގާމުން އިސްތިއުފާ ދީފިއެވެ.
ހަމްދޫންގެ އިސްތިއުފާގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން އިސްތިއުފާ ދެއްވީ ވަޒީފާއާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ކަމަށެވެ.
ހަމްދޫން ވަނީ ރައީސްކަމުގެ ދައުރުގައި އެމްޖޭއޭގެ އެކްސްކޯ އަދި އާއްމު މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ހަމްދޫންގެ ރައީސްކަމުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޖޭއޭގެ ހިންގުން ހަރުދަނާކޮށް، އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއެކު، ނޫސްވެރިކަން ކުރިއެރުވުމަށް އެމްޖޭއޭއިން ވަނީ ކުރިން ހިންގިފައިނުވާ ވަރުގެ ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

