ރާއްޖޭގައި މިއަދުގެ ކޮވިޑްގެ އަދަދުތަކަށް ބަަލާއިރު އިތުރު 65 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 65 މީހެކެވެ. އެއީ މާލެ ސަރަހައްދުން 19 މީހަކާއި އަތޮޅުތެރެއިން 42 މީހަކާއި ރިސޯޓުތަކުން ހަތަރު މީހެކެވެ. ހޮސްޕިޓަލުތަކުގައި 19 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،477 މީހަކަށެވެ.
މީގެ އިތުރުން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 92 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 83،385 އަށްވަނީ އަރާފައެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 85،107 އަށް އަރާފަ އެވެ.

