އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ

އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ

ހއ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރަމުންދާ އެމްޑީސީސީ އިން ބުނީ،  އެރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަމަށާއި، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 284 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި އޭގެ އިތުރުން މަގުބައްތިއާއި ނެރުބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނިފައިވާއިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 62.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *