މާލޭ މަސްމާރުކޭޓް ހިންގައިދޭނެ ބަޔަކު ހޯދަނީ

މާލޭ މަސްމާރުކޭޓް ހިންގައިދޭނެ ބަޔަކު ހޯދަނީ

މާލެ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭ މަސްމާރުކޭޓު ފަސްޓް ފްލޯގެ އެއް ފިހާރަ ހިމެނޭ ގޮތަށް އެއް އަހަރު ދުވަހަށް ކައުންސިލަށް ކުލި ދައްކާގޮތަށް މާރުކޭޓު ކުއްޔަށް ހިންގާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ބީލަން ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހުގެ ނުވައެއްޖަހާ އިރު ކަމަށެވެ.

އަގު ހުށަހެޅުން އޮންނާނީ އޮކްޓޫބަރު މި މަހުގެ އެގާރަ ވަނަ ދުވަހު ނުވައެއް ޖަހާއިރުއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *