ބާޒާރުގައި އާންމުކޮށް އޮރެންޖެއް ލިބެނީ -/5ރ.-/6ރ. އަށެވެ. ނަމަވެސް މި މަސް ފެށުނު ފަހުން އޮރެންޖުގެ އަގު ވަނީ އެއްޗެއް -/8ރ. އަށް އުފުލިފަ އެވެ.
ރާއްޖެ އަށް މޭވާ އާއި ތަރުކާރީ އެތެރެކުރާ ވިޔަފާރިވެރިއަކު ބުނިގޮތުގައި ބާޒާރުން އޮރެންޖް ހުސްވީ މިސްރުން އޮރެންޖް ލިބުމުގައި ދަތިތަކެއް އުޅޭތީ ކަމަށެވެ. އޭނާ ބުނިގޮތުގައި މިހާރު އޮރެންޖް ގެންނަނީ ހަމައެކަނި ދެކުނު އެފްރިކާއިންނެވެ.
"ކުރިން މިސްރާއި ސައުތު އެފްރިކާއިން އޮރެންޖް ގެންނަނީ. އެކަމަކު މި ދުވަސްވަރު މިސްރުގައި އޮރެންޖުގެ ސްޓޮކުގެ ތާށިކަމެއް ހުރުމުން މިހާރު ގެންނަނީ ސައުތު އެފްރިކާއިން އެކަނި. އެހެންވެ ޝިޕްމަންޓް ލަސްވަނީ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ދެން ރާއްޖެ އަށް އޮރެންޖު ލިބޭވަރުވާނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ބާޒާރުގައި މިވަގުތު އޮރެންޖު ނޫން، މޭވާގެ އެހެން ހުރިހާ ބާވަތެއް ލިބެން އެބަހުއްޓެވެ. އެހެނިހެން ބާވަތްތައް ލޮބުމުގައި ދަތިކަމެއް ނޫޅޭ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

