އައު މަސްފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި

އައު މަސްފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި

ޅ. އަތޮޅު ފެލިވަރުގައި ހަދަން ބޭނުންވާ އައު މަސްފެކްޓްރީއެއް ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ށ.ފޯކައިދޫގެ ދަނޑުވެރިންނާއި މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ, މަސްވެރިން ބާނާ މަސް ގަތުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މަސް ޕްރޮސެސްކުރާ އައު ފެކްޓްރީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެއީ މަސްވެރީން ބާނާ ހުރިހައި މަހެއް ގަނެ ޕްރޮސެސްކުރުމުގެ ޤާބިލްކަން ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ދެ އަހަރު ތެރޭގައި އެ ފެކްޓްރީ ޤާއިމްވެގެންދާނެކަމަށެވެ. އެސްއެމްއީ ބޭންކާ ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢަށް ފައިސާ ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ, ޒަމާނަށް އަންނަ ބަދަލާއެކު މަސްވެރިކަމަށް 5ވަނަ ޖެނެރޭޝަންގެ ދޯނިފަހަރު ނެރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެއީ ތެލުގެ އަގު ކުޑަ, އިޢާދަކުރަނިވި ހަކަތަ ހިމަނައިގެން ޑިޒައިންކުރާ މަސްދޯނިފަހަރުކަމަށާ, މިހާރު ކުރިއަށްދަނީ އިވެލުއޭޓްކޮށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްކަމަށްވެސް މިނިސްޓަރ ވިދާޅިވިއެވެ. މިއާއެކު ބޮޑު ބަދަލެއް މިދާއިން ފެނިގެންދާނެކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާ ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ, އަލަށް ޤާއިމްކުރާ މަސް ކާރުޚާނާއާއެކު ދުވާލަކަށް 100 ޓަނގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން ލިބިގެންދާނެކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *