މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކަ އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 705،024 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އޭގެތެރޭގައި ޖެނުއަރީ މަހު 92،103 ފަތުރުވެރިން، ފެބްރުއަރީ މަހު 96،881 ފަތުރުވެރިން، މާރޗު މަހު 109،585 ފަތުރުވެރިން، އަދި އޭޕްރީލް މަހު 91200 ފަތުރުވެރިން ހިމެނެއެވެ. އެއީ ރާއްޖޭގައި މިއަހަރު ކޯވިޑުގެ ހާލަތު ގޯސްވުމުގެ ކުރިން ފަތުރުވެރިން އައި އަދަދުތަކެވެ.

އަދި ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި، މިއަހަރުގެ މޭ މަހު 64،613 ފަތުރުވެރިން އަދި ޖޫން މަހު 56،166 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

އޭގެ ފަހުގައި އަނެއްކާވެސް ކޮވިޑު ފެތުރޭ މިންވަރު ދައްވެ ރާއްޖޭގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ޖުލައި މަހު 101،818 ފަތުރުވެރިން އަދި މިމަހުގެ މިހާތަނަށް 92،657 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

ތަފާސް ހިސާބުތައް މިގޮތަށް ހުރި އިރު މިއަހަރުގެ މިހާތަނަށް އެވްރެޖް ގޮތެއްގައި ދުވާލަކު 3،052 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ. އަދި އެވްރެޖުކޮށް ކޮންމެ ފަތުރުވެރިއަކު ރާއްޖޭގައި 9 ދުވަސް ހޭދަކުރާކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *