މީހެއްގެ ކަރުގައި އިން ޓިއުމަރެއް ނެގުމަށް ށ.އަތޮޅު ހޮސްޕިޓަލުން ރާއްޖޭގައި ޢާއްމުކޮށް ނުކުރާ ސަރޖަރީއެއް ކޮށްފިއެވެ.
12 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ކަރުގައި އިން މި ޓިއުމަރު ނެގުމަށް އެކި ފަހަރުމަތިން ރާއްޖެއިން ބޭރަށް ދިޔުމަށް ބަލި މީހާއަށް މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކުންވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ޙާލަތު ހުރިގޮތުން ބޭރަށް ނުދެވި މަޑުކުރަން ޖެހިފައިވަނިކޮށް މިފަދަ ސަރޖަރީތައް ށ.އަތޮޅު ފުނަދޫ ހޮސްޕިޓަލުގައި ހުންނަވާ ޑޮކްޓަރަކު ކުރައްވާކަން އެނގިގެން އެރަށަށް އެމީހާ ދިޔައީ މިދިޔަ މަހުގެ ތެރޭގައިކަމަށް ށ.އަތޮޅު ފުނަދޫ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ށ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ޒުމްރަތު ވިދާޅުވީ 12 އަހަރު ވަންދެން މީހެއްގެ ގައިގައި އަޅަމުންދިޔަ ވޭނަކަށް ނިމުމެއް ގެނެވުން އެއީ ހޮސްޕިޓަލްގެ ޓީމަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އިތުރަށް ޒުމްރަތު ވިދާޅުވީ މިއީ މާލެއިންވެސް މީގެކުރިން ޢާއްމުކޮށްނުކުރާ ސަރޖަރީއެއްނަމަވެސް އެހޮސްޕިޓަލުގައި އެކަން ކުރެވުމުން ހޮސްޕޓަލަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
ޓިއުމަރ ނެގުމަށް ކުރިއަށްގެންދިޔަ ސަރޖަރީ ކުރެއްވީ 4 ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ.
ކަރުގައި ހުރި ޓިއުމަރ ނެގުމަށް އެހޮސްޕިޓަލުގައި ގަޑިއަކަށްވުރެ ދިގު ސަރޖަރީއެއް ކޮށްފައިވާއިރު މިސަރޖަރީ ކާމިޔާބުކަމަށް ޑޮކްޓަރުންނާ ޙަވާލާދެއްވާ ޒުމްރަތު ވިދާޅުވިއެވެ. އަދި 3 ދުވަސް ތެރޭ އެމީހާ ދޫކޮށްލާނެކަމަށާއި އެއްކޮށް ބަލިން ފަސޭހަވުމަށް ގާތްގަނޑަކަށް 3 ހަފްތާގެ މުއްދަތެއް ހޭދަވާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ފުނަދޫ ހޮސްޕިޓަލްގައި ކުރިއަށްގެންދިޔަ ތާރީޚީ ސަރޖަރީއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވަނީ އެހޮސްޕިޓަލަށް ގުޅުއްވާ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް މަރުޙާބާ ވިދާޅުވެ ހޮސްޕިޓަލްގެ ޓީމަށް ހިތްވަރުދެއްވާފައެވެ. އަދި ބަލި މީހާގެ ޙާލުވެސް ބައްލަވާފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
މީގެ މަހެއްހާދުވަސްކުރިން އެހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓަކު ނެތުމާއި ކަށީގެ ޚާއްސަ ޑޮކްޓަރަކު ނެތުމުގެ ކަންބޮޑުވުމާއެކު ގިނަ ބަލި މީހުން މާލެއަށް ދާންޖެހޭ ދިޔުމަށް ކުރިއަށް އޮތްތަނުގައި ނިމުމެއް އަންނާނެކަމަށް ފުނަދޫ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން އެހޮސްޕިޓަލްގެ ޓީމާ ކަށީގެ ޑޮކްޓަރަކު ގުޅިވަޑައިގެންފައިވާއިރު ރޭޑިއޮލޮޖިސްޓްވެސް ކަރަންޓީންގެ މުއްދަތު ހަމަކުރެއްވު

