ރާއްޖެއިން އިތުރު 125 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 91 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 8 މީހެކެވެ.
މިހާތަނަށް ރާއްޖޭގައި 75،065 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،459 މީހުންނެވެ. އަދި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ހެދީ 5،449 ކޮވިޑް ޓެސްޓެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު މިއަދު ވަނީ މާލެ ސަރަހައްދުގެ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

