ބޮން ގޮއްވާލި މައްސަލާގައި 4 މީހަކަށް ދައުވާކޮށްފި

ބޮން ގޮއްވާލި މައްސަލާގައި 4 މީހަކަށް ދައުވާކޮށްފި

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ދިވެހި ދައުލަތުން ދައުވާ އުފުލައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި 4 މީހެއްގެ މައްޗަށް ދައުވާ ކުރިކަން ހާމަކުރެއްވި ނަމަވެސް ސީޕީ ކުރެއްވި ޓްވީޓްގައި ދައުވާ އުފުލީ ކޮން ބައެއްގެ މައްޗަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

މިހަމަލާއާ ގުޅިގެން ނިންމި ނިންމުންތަކާއި ގުޅިގެން މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.

އެ ހަމަލާއާ ގުޅިގެން މިހާރު ފަސް މީހެއްގެ މައްޗަށް ފުލުހުން ވަނީ ތަހުގީގުތައް ނިންމާ ދައުވާާކުރަން ޕީޖީ އޮފީހަށް ފޮނުވާފައެެވެ.

މީގެ ކުރިން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ސީއެންއެމް" އަށް ވިދާޅުވީ، ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އިތުރުން ޖުލައި މަހުގެ 29 ވަނަ ދުވަހު ދައުވާކޮށް ދިނުމަށް އެދި ފުލުހުން ފޮނުވި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްސަލާގައި އެހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އެމައްސަލާގައި ދައުވާކުރުމާ މެދު އެ އޮފީހުން ގޮތެއް ނިންމުމާ އެކު އެމީހުންގެ މައްޗަށް ކުރަނީ ކޮން ދައުވާތަކެއްކަން ސާފުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ޖުލައި މަހުގެ 25 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *