ޖާބިރު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފި

ޖާބިރު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި އިހުތިޖާޖު ކުރައްވައިފި އެވެ.

ގިނިކަންޏާ ގަދަ ހޫނުގައި ޖާބިރު ހިތުޖިޖާކު ކުރައްވަމުން ގެންދެވިވަގުތު އެ ސަރަހައްދަށް އަނބިކަނބަލުން ދިޔާނާ ސައީދު ވަޑައިގެން ޖާބިރު އެ ސަރަހައްދުން ގެންދިއުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެ ދިޔާނާ ވަނީ އެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންފައެވެ.

ކޮޅަށް ހުންނަވައިގެން ހަޅޭއްލަވަމުން ގެންދެވާފައި އިރުކޮޅަކުން އިށީދެވަޑައިގެން ފަހުން އޮށޯންނަވައިގެން ވެސް ޖާބިރު އިހުތިޖާޖު ކުރެއްވުމަށް ފަހު އެންމެ ފަހުން އިހުތިޖާޖު ނިންމަވާލާ، ޖާބިރު ވަނީ އެސަރަހައްދު ދޫކުރައްވާ ވަޑައިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖާބިރު އިހުތިޖާޖު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުމުން ކަމަށްވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *