ނޫމަޑި މައްސަލާގައިި މުއިއްޒުއަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ފަށަނީ

ނޫމަޑި މައްސަލާގައިި މުއިއްޒުއަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ފަށަނީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައިި، ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަންގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށްބުނެ ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ފަށަން މިއަދަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މި ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10.30 އަށެވެ. މުއިއްޒު މައްޗަށް ދޮގު ބަޔާނެއްގެ ދިނުމުގެ ދައުވާ ކޯޓަށް ހުށައެޅި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުނަ ބުނެފައިވަނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ފުލުހުން ކުރި އެ ތުހްމަތުތަކަށް މުއިއްޒު ވަނީ އިންކާރު ކުރައްވާފައި އެވެ. އަދި މުއިއްޒުއަށް ކޮށްފައިވާ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ޕީޕީއެމް ދެކެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *