ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތަށް ދިގު ދަންމާލައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތަށް ދިގު ދަންމާލައިފި

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތަށް ދިގުދަންމާލައިފިއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ މިހާލަތުގެ މުއްދަތު ދިގުދަންމާލި 15 ވަނަ ފަހަރެވެ.  

މި ފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިމިދިޔަ މޭ މަހާއި ޖޫން މަހަކީ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން އަދި މިހާތަނަށް އެންމެ ހާލަތު ގޯސް ދެ މަހެވެ. ނަމަވެސް މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 74،074  މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 70،355 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 3،359 ގައެވެ.

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުން ޖުމްލަ އަދަދު ވަނީ 221 އަށް އަރާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *