ހުޅުމާލޭގައި ޕާކިން އިމާތާތެއް އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ޕާކިން އިމާތާތެއް އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ޕާކްކުރާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފިކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ވިދާޅުވީ މިމަސްތެރޭގައި ހުޅުމާލޭގައި އެޅުމަށް ހަަމަޖެހިފައިވާ ވެހިކަލް ޕާކްކުރާ އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މި އިމާރާތަކީ 500 އަށްވުރެ ގިނަ ވެހިކަލްއަށް ޕާކްކުރެވޭގޮތަށް ހަދާ ތަނެއްކަމަށާއި، މިއަހަރުތެރޭގައި މި ޕްރޮޖެކްޓު ނިންމުމަށް ހަމަޖެހިފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޕާކިންއަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވަނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންވެސް އަމިއްލަ ގެދޮރުގައި ޕާކްކުރަން ޖާގަ ނެތުމުން މަގުމަތީގައި ވެހިކަލް ޕާކްކުރާކަން ފާހަގަކުރައްވާފައެވެ.

ހުޅުމާލޭގައި ވެހިކަލް ޕާކްކުރާ ބިލްޑިން އެއް އިމާރާތްކުރުމުގެ މަސައްކަތް މިއަދު އެ ފެށުނީ. މިމަހުގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ އިމާރާތުގެ ފައުންޑޭޝަން ނިންމާލެވޭތޯ. ދެން މުޅި އިމާރާތުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މި ޓާގެޓް ކުރަނީ. މި ޕާކިން ބިލްޑިންއާއި އެކު ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި ޕާކިން ސަރަހައްދެއް ލިބިގެންދާނެ.

ހުޅުމާލޭގައި ކުރިއަށްދާ މިމަސައްކަތާއިއެކު ގިނަ ބަޔަކަށް ޕާކްކުރުމަށް އެތަނުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި އެ އިމާރާތުގައި ސީސީޓީވީގެ ހިދުމަތް ހުންނާނެކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވެހިކަލް ޕާކުކުރުމަށް ރައްކާތެރި ޖާގައެއް ލިބިގެންދާނެކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *