"މުޝީ" ބްރޭންޑުގެ ތަށިތަކެއް ބޭނުން ނުކުރަން އަންގައިފި

"މުޝީ" ބްރޭންޑުގެ ތަށިތަކެއް ބޭނުން ނުކުރަން އަންގައިފި

ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ތަށިތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ "މުޝީ" ބްރޭންޑްގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕު ބޭނުން ނުކުރުމަށް އެންގީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ "މުޝީ" ބްރޭންޑުގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާތީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ގެއްލުންވާނެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގަވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *