މި މަހު 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމައިފިއެވެ.
މި މަހު 16 ގައި މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމައި އެކަން މެމްބަރުންނަށް ވެސް ވަނީ އަންގާފައެވެ. މަޖިލީހުގެ ދެވަނަ ދައުރަށްފަހު މެމްބަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އެގޮތުން މެމްބަރުން ޗުއްޓީ އަށް ގޮސްފައިވަނީ މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު ފާސްކުރުމަށްފަހު އެވެ.
އެ އިންކުއަރީ ރިޕޯޓު ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އަރުވާފައިވާއިރު، އެ ރިޕޯޓުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
މަޖިލީހުގެ ފަހު ދައުރުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުން ވެސް އޮންނާނެއެވެ. ތިންވަނަ ދައުރަށްފަހު މެމްބަރުން ޗުއްޓީ އަށް ދާނީ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

