ކޮވިޑަށް މީހަކު ޕޮޒިޓިވްވެ މަރަދޫ ސިއްހީ މަރުކަޒު ހިދުމަތް ހުއްޓާލައިފި

ކޮވިޑަށް މީހަކު ޕޮޒިޓިވްވެ މަރަދޫ ސިއްހީ މަރުކަޒު ހިދުމަތް ހުއްޓާލައިފި

އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ މަރުކަޒުގެ ހިދުމަތް ހުއްޓާލައިފިއެވެ.

މަރަދޫ ސިއްހީ މަރުކަޒުން ބުނީ ޕޮޒިޓިވްވި މީހާ އާއި އެ މަރުކަޒުގެ ބައެއް މުވައްޒަފުން އެއްތަންވެފައި ވުމުގެ ސަބަބުން އެ މަރުކަޒުގެ ހިދުމަތް ކުރިއަށް އޮތް ތިން ދުވަހަށް ހުއްޓާލާފައިވާ ކަމަށެވެ.

އަދި މަރުކަޒުގެ މުވައްޒަފުންގެ ސާމްޕަލް ނެގި ނަތީޖާ ލިބުމުން އަލުން ހިދުމަތް ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ބަލިވެގެން ފަރުވާ ހޯދަން ޖެހިއްޖެނަމަ ނޫނީ އެނޫންވެސް ކަންކަމުގަ ޑޮކްޓަރަށް ދެއްކުމަށާއި އަދި އެހެނިހެން ހިދުމަތް ހޯދުމަށް ފޭދޫ ސިއްހީ މަރުކަޒުގެ ނަމްބަރު 6892021 ނުވަތަ 7938582 އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެދިފައެވެ. މި ދަތި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *