ހޯމް މިނިސްޓަރ އިމްރާން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް މިނިސްޓަރ އިމްރާން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރ އިމްރާން ކޯވިޑަށް ޓެސްޓްހެދީ ބަލިވެ އުޅުއްވާތީ މިމަހުގެ 28 ވަނަ ދުވަހުކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެކަމަށާއި، ރޭގައިވެސް ޑޮކްޓަރަކަށް ދައްކަން ވަޑައިގެންނެވިކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒްވެސް ފުރިހަމަކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނައިރު، ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *