އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް އުސޫލުންކަމުން، book.hpa.gov.mv އިން އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށްފަހު އެޕޮއިންޓްމެންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށާއި، އަދި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމެންޓް ކެންސަލްވާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮވިޝީލްޑް ޖަހައިގެން ތިބި ފަރާތްތަކުން ބޭނުންވާ ނަމަ، އެސްޓްރާޒެނެކާ ވެކްސިން ދެވަނަ ޑޯޒް އެއް ގޮތުގައި ޖެހިދާނެކަމަށް އެޗްޕީއޭއިން އިއްޔެ ބުނެފައިވެއެވެ.
އެޗްޕީއޭއިން ވަނީ އޮގަސްޓް މަހުގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް ޕްރޮގްރާމެއް ފަށާނެކަން ހާމަކޮށްފައެވެ.

