ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރުވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް ކުޑަކުދިން ލައްވާ އިމާމުވެ ނަމާދުކުރުމަކީ އިމާމު ކޯސް ހަދާ ކުދިންނަށް ތަމްރީން ދިނުމުގެ ގޮތުންކަމަށް އެ މިސްކިތުގެ އިމާމް ބުނެފައިވެއެވެ. ނަމަވެސް އެމިސްކިތުގައި ކުޑަކުދިން ލައްވާ އިމާމުވެ އަބަދުވެސް ނަމާދުކުރުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަކަމަށެވެ.

މި ކަމާއި ގުޅިގެން ކުޑަކުދިން ލައްވާ މިސްކިތްތަކުގައި އިމާމުވެ ނަމާދު ނުކުރެވުމަށް އިމާމުންނަށް އަންގާފައިވާނެކަމަށާއި އަދި ސާކިއުލާއެއްވެސް ފޮނުވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިސްކިތްތަކުގައި ނަމާދުކުރުމަށް އިމާމުން ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި އަދި އެ އިމާމުންނަށް ނުދެވޭ ހާލަތުގައި އިމާމުވެ ނިމާދުކުރުމަށްވެސް އިތުރުފަރާތްތައް ތިބޭނެކަމަށެވެ.

ކުޑަކުދިންލައްވާ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުވުމަކީ މަދުންނަމަވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުން ކުރަމުން އަންނަކަމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *