އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށެވެ. އަދި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އަހުމަދު މުހައްމަދު ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް 29 ޖުލައިގައި ފަށާނެކަމަށް ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *