ސިޔާސީ ވިސްނުން ތަފާތު ވިޔަސް ރައްޔިތުން ބައިބައި ވެގެން ނުވާނެ: މައުމޫން

ސިޔާސީ ވިސްނުން ތަފާތު ވިޔަސް ރައްޔިތުން ބައިބައި ވެގެން ނުވާނެ: މައުމޫން

ސިޔާސީ ވިސްނުން ތަފާތު ވިޔަސް ރައްޔިތުން ބައިބައި ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ރައްޔިތުންގެ އެއްބައިވަންތަކަން ހަރުދަނާ ގޮތެއްގައި ދަމަހައްޓައިގެން ކަމަށެވެ.

"ސިޔާސީ ވިސްނުން ތަފާތުވިޔަސް އަދި ގިނަ ސިޔާސީ ޕާޓީތަކެއް އަޅުގަނޑުމެންގެ ތެރޭގައި ޙަރަކާތްތެރި ވަމުންދިޔަ ނަމަވެސް ރައްޔިތުން ބައިބައިވެގެން ނުވާނެ" މައުމޫން ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ މެދު ހިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ހިޔާލުތަފާތުވުން އުފެދިގެން ގޮސްފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލާއެކުއެވެ. އެ ބިލަށް އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ހުރިހާ ޕާޓީތަކަކުން ވެސް ދެކޮޅު ހަދާފައެވެ.

މީގެއިތުރުން މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *