ކޮވިޑުބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެ ރާއްޖޭގެ އަދަދު 220 އަށް

ކޮވިޑުބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެ ރާއްޖޭގެ އަދަދު 220 އަށް

ކޮވިޑް-19 ގައި އިތުރު މީހަކު ރާއްޖެއިން މަރުވެ ރާއްޖެއިން މަރުވި މީހުންގެ އަދަދު 220އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި މިއަދު މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ރ.ދުވާފަރު ހެލްތު ސެންޓަރަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 220 ވަނަ ފަރާތެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ގިނަ އަދަދަކަށް މި ބަލީގައި މީހުން ޕޮޒިޓިވްވެ އަދި މަރުވިއިރު، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *