ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީއެންމެ އަވަހަކަށް ފުރިހަމަކުރުމަށް ބާރުއަޅާ ކަމަށެވެ.

އެގޮތުން ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަަކަށް ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް މާލެ އާއި އަތޮޅުތެރޭގައި ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، ވެކްސިން ނުޖެހޭ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް ވެސް އެދިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *