މިނިސްޓަރު ޝާހިދު، ބަލްގޭރިއާ އަށް ފުރާވަޑައިގެންފި

މިނިސްޓަރު ޝާހިދު، ބަލްގޭރިއާ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 27-29 އަށް ޝާހިދު ބަލްގޭރިއާ ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓަވް ސްޓޮވްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިންޑިއާ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވެސް ޝާހިދު ބައްދަލުކުރެއްވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *