ކުޅުދުއްފުއްށިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ކުޅުދުއްފުއްށިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ހދ. ކުޅުދުއްފުށީގައި ކޮވިޑްގެ އިތުރު 3 ކޭސް ފެނިއްޖެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ބުނީ މި މަހުގެ 23 ވަނަ ދުވަހު 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށްފައިވާ ކަމަށެވެ.

ކޮވިޑުގެ އަލާމަތްތައް ފެނުނު ކުއްޖާގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ 24 ވަނަ ދުވަހު ކަމަށާއި، އެ ކުއްޖާ އާ ޑައިރެކްޓްކޮންޓެކްޓް ވެފައިވާ 23 މީހުން ސާމްޕަލް ނަގާފައިވާއިރު، ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށާއި މީގެ އިތުރުން 24 ޖުލައި ކުޅުދުއްފުށީ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ޕޮޒިޓިވް ވެފައިވާކަމަށެވެ.

މޮނީޓަރިންނަށްލުމުގެ ކުރިން ދެ ޑޯޒު ހަމަކޮށް ނެގެޓިވް ޕީސީއާރު ނަތީޖާއެއް ހިފައިގެން މާލެއިން ރަށަށް ދަތުރުކުރާ ފަރާތަކުން އެއްވެސް ކަރަންޓީނަކާއި ނުލާ ރަށުގައި އުޅެވުނަސް އެއް ޑޯޒު ހަމަކޮށްގެން ރަށަށް ދަތުރުކޮށްފި ނަމަ 14 ދުވަހަށް ކަރަންޓީނުވުމަށް ފަހު 15 ވަނަ ދުވަހު ނަގާ ޓެސްޓު ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލާކަމަށް އޭނާ ވިދާޅުވިއެވެ.

އީދު ބަންދާ ގުޅިގެން އެޗްޕީއޭއިން ވަނީ ދޫތަކެއް ދީފައެވެ. އެހެންނަމަވެސް ފޯރީގައި އީދު ފާހަގަކުރާ ކުޅުދުއްފުށީ ސިޓީގައި މިފަހަރު އީދާގުޅިގެން އެއްވެސް ހަރަކާތެއް ނުބާއްވައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *