ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ނައްތާލައިފިއެވެ
ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނީ 12013.32 ލީޓަރުގެ ބަނގުއާވި ދަޅާއި 3535 ލީޓަރުގެ ޓޮނިކް ކަމަށެވެ.
މިތަކެތި ނައްތާލާފައިވަނީ 2021 ޖުލައި 22 ވަނަ ދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑަޑް ވެއާހައުސްތަކުގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން އަދި އެނޫނަސް ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

