241 ކޮމިޓީގެ ރިޕޯޓު އުއްތަމަ ފަނޑިޔާރަށް އަރުވަނީ/ ފޮޓޯ : ސުޕްރީމް ކޯޓިު

އިންކުއަރީ ރިޕޯޓު އުއްތަމަ ފަޑިޔާރަށް އަރުވައިފި

އިންކުއަރީ ރިޕޯޓު އުއްތަމަ ފަޑިޔާރަށް އަރުވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ހިންގި އިންކުއަރީ ރިޕޯޓު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަަށް އަރުވައިފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގެ މައްޗަށް އެކުލަވާލައިފައިވާ ހަތަރު ފޮތުގެ ރިޕޯޓު އުއްތަމަ ފަނޑިޔާރަށް އަރުވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް މިރިޕޯޓުވަނީ އިއްޔެގެ ވަގުތެއްގައި އަރުވާފައެވެ.

މިއިންކުއަރީ ހިންގުމަށް ފަންސާހަށްވުރެ ގިނަ މީހުން ހާޒިރުކޮށްފައިވާއިރު، އެކޮމިޓީން އާންމުކުރި ރިޕޯޓަކީ 236 ސަފްހާގެ ރިޕޯޓެކެވެ. އަދި މިރިޕޯޓުގައި 45 ހުށަހެޅުން އެކޮމިޓީއިން ހިމަނާފައިވެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމުކޮށްފައި ވަނީ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާ ހުންނާނެ ކަމަށް އިދާރާތަކުން ފާހަގަކޮށްފައިވާ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ. އެކަމަކު ފަހުން އެ މައުލޫމާތު ހިމެނޭހެން ރިޕޯޓް ވަނީ މީސްމީޑިއާއަށް ލީކުވެފައެވެ. ރިޕޯޓް ލީކްވުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *