ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ %50 މަސައްކަތް ނިމިއްޖެ

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ %50 މަސައްކަތް ނިމިއްޖެ

ޏ. ފުވައްމުކަކު މަގުހެދުމުގެ މަޝްރޫއުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ފުވައްމުކަކުގެ އެތެރޭފެ މަގުތައް ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތަ އާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. ފުވައްމުލަކު ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ ފުވައްމުލަކުގެ ރައްޔިތުން އެ މަސައްކަތް ފެށުމަށް އެދި ޝަކުވާ ކުރުމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *