ފޮޓޯ: އެފްއޭއެމް

އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގުރޫޕެއްގައި ހިމެނިއްޖެ

އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގުރޫޕެއްގައި ހިމެނިއްޖެ

އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގުރޫޕެއްގައި ހިމެނިއްޖެއެވެ.

އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ހިމެނުން ގުރޫޕް ގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބަހްރޭން އާއި، އިރާގާއި، އަފްޣާނިސްތާންއެވެ.

އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ގުރޫޕްގެ އެއްވަނަ ޓީމަށް 23 އަހަރުން ދަށުގެ އޭޝިއަން ކަޕުން ފުރުސަތު ލިބިގެންދާނެއެވެ. އަދި 11 ގުރޫޕްގެ ތެރެއިން ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށްވެސް މިމުބާރާތުން ފުރުސަތު ލިބޭނެއެވެ.

މިމުބާރާތުގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. އެންމެ ފަހުން ރާއްޖެއިން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނީ 2019 ވަނަ އަހަރުއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ފަރިތަކުރުންތައް ފަށާނެކަމަށެވެ. މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން އެޗްޕީއޭއެއިންވަނީ މިހާރު ކުޅިވަރު ކުޅޭ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައެވެ. އަދި ގައިޑްލައިނެއްގެ ދަށުން ޓީމްތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެއެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް މީގެ ކުރިން ކޮށްފައިވަނީ ނެދަލެންޑްސްގެ ރެނޭ ހިޑިންކްއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަމަޖައްސާނެ ކޯޗެއް ހޯދުމުގެ މަޝްވަރާތައްދަނީ ކުރަމުންނެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުވެސްވަނީ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ނިންމާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *