ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، މި 211 ޖާގައަކީ 350 ކިލޯގެ ޕިކަޕާއި، ކާރާއި އަދި ވޭން ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޖާގަތަކެއް ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ދޫކުރުމަށް ހަމަޖެހިފައިވާ މިޖާގަތައް މާލޭގެ ޖުމްލަ 10 ސަރަހައްދަކަށް ބަހާލައިގެން ދޫކުރުމަށް ވަނީ ނިންމާފައެެވެ.

ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ

  • މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) – 44 ޖާގަ
  • މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) – 21 ޖާގަ
  • މައްޗަންގޯޅި ކުރެދިގޯޅި – 10 ޖާގަ
  • މައްޗަންގޯޅި ހުދުފަޅުހިނގުން – 8 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) – 20 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) – 10 ޖާގަ
  • ސަލާހުއްދީން ޕާކިން – 10 ޖާގަ
  • ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) – 24 ޖާގަ
  • ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު – 6 ޖާގަ
  • ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު – 58 ޖާގަ

މީގެ ތެރެއިން އާޓިފިޝަލް ބީޗް ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 24 ޖާގަ ހާއްސަކޮށްފައި ވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށް ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ހާއްސަ ޖާގަތަކެއް ދޫކުރުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފައި މިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ހުސްކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިމަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކުރުމަށް ވަނީ އަންގާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *