މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ވަނީ ހަމަޖެހިފައި: މަބްރޫކް

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ވަނީ ހަމަޖެހިފައި: މަބްރޫކް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެދެބޭފުޅުންނަށް ރަސްމީ ގެކޮޅު ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިވަގުތަށް ވުގުތީ ގެކޮޅުތަކެއް ހަމަޖެހިފައިވީނަމަވެސް ދާއިމީ ގެކޮޅު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށުމަށްވެސް ތައްޔާރު ވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާއެކު މަޖިލިސް ރައީސްއަށާއި، އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަންޖެހޭ ވަގުތީ ގެކޮޅު މިހާރުވަނީ ހަމަޖެހިފައެވެ. އަދި ގެކޮޅުތަކުގައި ހުރި ކުދި ކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ މިވަގުތަށް ވަގުތީ ގެކޮޅުތައް ހަމަޖެއްސި ކަމުގައި ވީނަމަވެސް، އެބޭފުޅުންނަށް ޚާއްސަ ކުރެވޭ ރަސްމީ ގެކޮޅުތަކުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.

މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *