ރާއްޖެއިން ރިއަލް އެސްޓޭޓް ޓުއަރިޒަމަށް ދޫކުރާ ރަށްތައް އޮގަސްޓުގައި އިއުލާން ކުރަނީ

ރާއްޖެއިން ރިއަލް އެސްޓޭޓް ޓުއަރިޒަމަށް ދޫކުރާ ރަށްތައް އޮގަސްޓުގައި އިއުލާން ކުރަނީ

ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް ދޫކުރަން ހަމަޖެހިފައިވާ ރަށްތައް އަންނަ އޮގަސްޓް މަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދައުލަތަށް އާމްދަނީ ހޯރުމަށް މިއަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ ރިއަލް އެސްޓޭޓް ޓޫރިޒަމުން، ދައުލަތުގެ ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ގޮތުގައި މިއަހަރު 150 މިލިއަން ރުފިޔާ ލިބޭނެއެވެ.

އޮންލައިން ނޫސް "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި, ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ވާދަކޮށްލަން ރާއްޖެއަށް ބޭނުންވާ ކަމެކެވެ. އެ ޓޫރިޒަމަށް އާންމުކޮށް އަންނާނީ އަތްމަތި ތަނަވަސް މީހުން ކަމުން, އެމީހުން އުޅޭ ތަންތަނުގައި ރަނގަޅު މުސާރައަކާއެކު މީހުން ގެންގުޅެންވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މައުސޫމް އިތުރަށް ވިދާޅުވެފައިވަނީ, ރިއަލް އެސްޓޭޓަށް ދޫކުރާ ރަށްތައް ތަރައްގީކުރާނެ ތަފާތު މޮޑެލްތައް އެބަހުރި ކަމަށެވެ. އަދި އެރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ

"އިދާރީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކޮށްލަން ޖެހޭ ބައެއް ކަންތައް އެބަހުރި. ކޮށްލާފަ އިރާދަކުރެއްވިއްޔާ އޮގަސްޓް މަހުގެ ތެރޭގައި (ރަށްތައް ހުޅުވާލެވޭވަރު) ވާނެ," ރަށްތައް ހުޅުވާލާނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އެ މަޝްރޫއު ކުރިއަށް ގެންދަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. އެ ކުންފުނިން މިހާރު ވަނީ އިންވެސްޓަރާއެކު ޖޮއިންޓް ވެންޗާ އެއް ހަދައިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *