ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ ހޯރަފުށީ އެއާޕޯޓު ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުކޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އިއްޔެ އެމަޝްރޫއު ހަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މިރައްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށު އެއާޕޯޓު ރަންވޭގެ ދެފަރާތުގައި 861،2 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 5.90 މިލިއަން ރުފިޔާ އަށް، 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ހޯރަފުށީ އެއާޕޯޓު ރަންވޭގެ ހުޅަނގު ފަރާތް ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ހަވާލުކޮށްފައި މިވަނީ މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ. ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، ޓާމިނަލް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *