ރާއްޖެ އައުމަށް ބޭނުންވާ އިންޑިއާ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް ވިއްކަން ފަށައިފި

ރާއްޖެ އައުމަށް ބޭނުންވާ އިންޑިއާ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް ވިއްކަން ފަށައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއެްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލު ހުޅުވާލަން ތައްޔާރުވުމަށް ފެށުމާއިއެކު އިންޑިއާއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ޓްރެވަލް އެޖެންޓުން ވިއްކަން ފަށައިފިއެވެ.

ދެކުނު އޭޝިއާއިން ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާކަން އިއްޔެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެއާއިއެކު ހާއްސަ އަގުތަކެއްގައި އިންޑިއާގެ ޓްރެވަލް އެޖެންޓުން ގެންދަނީ ރާއްޖޭގެ ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕެކޭޖްތަކެއް ވިއްކަމުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ މީހުންނަށް ރާއްޖެ ބަންދުކުއިރު އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަމުން ދިޔަ އެއްގައުމަކީ އިންޑިއާ އެވެ.

ރާއްޖޭގެ ބޯޑަރު، ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ މީހުންނަށް ހުޅުވާލާއިރު މިހާރު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް އެންމެ ބޮޑު ބިރަކަށް އިންޑިއާގެ ކޮވިޑްގެ ހާލަތު ވެފައިވާއިރު، އިންޑިއާއިން ފެނިފައިވާ ކޮވިޑްގެ އާވޭރިއެންޓު ކަމަށްވާ ޑެލްޓާ ވޭރިއަންޓު ފެތުރެން ފެށުމުން ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކުގެ ހާލަތުވެސް އަންނަނޯ ގޯސްވަމުންނެވެ. ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ހާލަތު ގޯސްވަމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާރާއި އެމެރިކާވެސް ހިމެނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އަނެއްކާވެސް ހުޅުވާލާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ޑެލްޓާ ވޭރިއަންޓަކީ ފަސޭހައިން ފެތުރޭ ވޭރިއަންޓެއް ކަމަށްވެފައި މިހާލަތުގައި އިންޑިއާ އިން ގިނަ ބަޔަކު އަނެއްކާ ރާއްޖެ އަންނަން ފަށައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *