އޫރިދޫގެ ސުޕަރނެޓް އަގުހެޔޮކޮށް، ކްލަބް ޕްރިމިއާ ހުރިހާ ކަސްޓަމަރުންނަށް

އޫރިދޫގެ ސުޕަރނެޓް އަގުހެޔޮކޮށް، ކްލަބް ޕްރިމިއާ ހުރިހާ ކަސްޓަމަރުންނަށް

ސަރުކާރުގެ ނެޓްހެޔޮ ޕްރޮގްރާމްގެ ދަށުން އޫރިދޫ މޯލްޑިވްސްއިން ދެމުން އަންނަ ސުޕަރނެޓްގެ އަގުހެޔޮކޮށްފިއެވެ.

މާދަމާއިން ފެށިގެން ރާއްޖޭގައި އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ނިންމާފައިވުމާ ގުޅިގެން އޫރިދޫއިންވެސް ވަނީ އެކުންފުނިން ދޫކުރާ އިންޓަރނެޓްގެ އަގުހެޔޮ ކުރުމަށް ނިންމާފައެވެ.

"ސަރުކާރުގެ ނެޓް ހެޔޮ ޕްރޮގްރާމްގެ ދަށުން އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ތަކަށް ވަނީ ވަރަށް ބޮޑަށް ބަދަލުތަކެއް ގެނެވިފައި. އަޅުގަނޑުމެން މި ގެނައި ބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޕެކޭޗްތަކުގެ ޑޭޓާ އެލަވަންސްތައް 100 ގުނައަށްވުރެ އިތުރުވެފައި ހުންނާނެ. އަދި އޭގެ އިތުރުން ޕެކޭޖްތަކުގެ އަގު 50 އިންސައްތައަށް ވުރެން އަގުހެޔޮވެފައި ހުންނާނެ،" އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ އެންމެ ކުޑަ ޕެކޭޖް ފިޔަވައި ދެން ހުރި ހުރިހާ ޕެކޭޖްތަކެއްގެ ތްރޮޓުލް ސްޕީޑަކީ ފަހެއް އެމްބީޕީއެސްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ސުޕަ ނެޓްގެ ޑޭޓާ ރޯލް އޯވާރ ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެނެގް ސުޕަނެޓް ހުރިހާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ ސާވިސް ލިބިގެން ދާނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ ކްލަބް ޕްރިމިއަރާ އަކީ ކަސްޓަމަރުންނަށް އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ލޯޔަލިޓީ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް އުރީދޫގެ ސުޕަ ނެޓް ކަސްޓަމަރުން ތިބިއިރު މިއަދު ގެނައި ހެޔޮ ބަދަލު އެހުރިހާ ފަރާތްތަކަކަށް ވެސް ލިބިގެންދާނެ ކަމަށް ނިޔާޒް ފާހަގަކުރެއްވި އެވެ.

އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކުގެ ތޭރަގައި ހިމެނެނީ، ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ދެ އެމްބީޕީއެސް، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް، 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އެވެ.

އިންޓަނެޓް އަގުހެޔޮކުރުމުގެ ކުރިން ތުރޮޓްލް ސްޕީޑު އާއްމުގޮތެއްގައި ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދުގަ އެވެ.

ސަރުކާރުން ބުނީ އިންޓަނެޓްގެ އަގަށް މި ބަދަލު ގެނައުމުން، 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އަގަކަށް ހިދުމަތުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ތުރޮޓްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ސަރުކާރުން ބުނީ، މި ބަދަލާއެކު އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *