ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 112 މިލިއަން ރުފިޔާ ލިބިއްޖެ

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 112 މިލިއަން ރުފިޔާ ލިބިއްޖެ

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހަފްތާގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 70.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 6.4 ބިލިއަން ރުފިޔާއާއި ޓެކްސް ނޫންގޮތުގައި ލިބިފައިވާ 1.7 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫންގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދަދަކީ މިދިޔައަހަރުގެ މިމުއްދަތާ އަޅައިބަލާއިރު 45.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 66.9 މިލިއަން ރުފިޔާއެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112 މިލިއަން ރުފިޔާ ލިބިފައިވާ އިރު, ޖޫރިމަނާގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 43.9 މިލިއަން ރުފިޔާއެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ބެލެވޭ ގޮތުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައިވާތީއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *