ކޮވިޑްގެ ސަބަބުން އިންވެސްޓް ކުރުމަށް އައި ބަދަލުތަކާއެކު، އަގު ދަށް ކޮށްފައިވާ 23 ރަށުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިތުރުކޮށްފިއެވެ.
މި 23 ރަށް ޓޫރިޒަމަށް ހުޅުވާލައިފައި ވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. މިރަށްތައް އެއްކޮށްގެން 16 ރިސޯޓެއް ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވަނީ މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަނޑި އިތުރުކުރީ ކޮވިޑް-19ގެ މިހާރުގެ ހާލަތުގެ ސަބަބުން އިންވެސްޓަރުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިވެފައިވާތީ ކަމަށާއި އެހެން ކަމުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.
ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރަށްތައް:
– ހއ. ވެލިފިނޮޅު
– ހއ. އަލިދުއްފަރުފިނޮޅު
– ހދ. ކުޑަފަރުފަސްގަނޑު
– މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
– މ. މާއުސްފުށި
– ތ. ކާއްޑޫ
– ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން
– ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު
– ލ. ކަށިދޫ
– ލ. ބޮޑުމުންޏަފުށި
– ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)
– ގއ. މާރެހާ
– ގއ. ފުނަދޫވިލިގިއްޔާ
– ގދ. ކަނޑަހަލަގަލާ
– ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު
– ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް

