މާލޭގެ މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައި

މާލޭގެ މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައި

މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ބަލާފަ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހުގެ 19 ވަނަ ދުވަހު ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް އެ ނިންމުމާ ހިލާފަށް ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާއަތް ހަދަމުންދާތީ ކޮވިޑްގެ ހާލަތު މާލޭގައި އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ އާއި މިއަދުން ފެށިގެން ހުއްދަ ނެތި އާންމުން ބޭރުގައި އުޅުން ވެސް މަނާކޮށްފައިވާތީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *