ކުރިއަށް އޮތް ހަފްތާގެ ބީއެމްއެލްގެ މަސައްކަތު ގަޑިތައް ބަދަލުކޮށްފި

ކުރިއަށް އޮތް ހަފްތާގެ ބީއެމްއެލްގެ މަސައްކަތު ގަޑިތައް ބަދަލުކޮށްފި

ކުރިއަށް އޮތް ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ، އެޗްޕީއޭ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރި އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ، އަންގާރ އަދި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

އެގޮތުންް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕެރޯލު ތަފްސީލް ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާރ ކުރުން ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރު 12:00 ގެ ކުރިެން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސްވާނެއެވެ.

އެހެނިހެން ބޭންކުތަކުގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް އެކަނި ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ. ޕޭރޯލް މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމަށް ހެނދުނު 9:30ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިންގ ޗެކެއްނަމަ އެދުވަހު ޕްރޮސެސްވާނެއެވެ.

މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ. އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ އޭ.ސީ.އެޗް/ އެމް.އާރު.ޓީ.ޖީ.އެސް) ޓްރާންސްފަރތައް އެދުވަހު ޕްރޮސެސް ވާނެއެވެ. ލޯކަލް ބޭންކް ޓްރާންސްފަރ މަތީގައި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައެވެ.

ބީއެމްއެލް އިން ވިދާޅުވި ގޮތުގައި މާލެ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހޭނެއެވެ.ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެއެވެ.

އެޕޮައިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *